ނަން: ލޫކާ މޮޑްރިޗް
ގައުމު: ކްރޮއޭޝިޔާ
އުމުރު: 37 އަހަރު
ކުލަބު: ރެއާލް މެޑްރިޑް
ގައުމީ ޓީމަށް ޖަހާދީފައިވާ ގޯލުގެ އަދަދު: 22
ގައުމީ ޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 153
ފާހަގަކުރެވޭ ހާއްސަ ކާމިޔާބީތައް:
މިލްކިއްޔާތުގެ އަގު: ގާތްގަނޑަކަށް 75 މިލިއަން ޑޮލަރު
ލޫކާ މޮޑްރިޗް އަކީ ކްރޮއޭޝިޔާގެ ކެޕްޓަނެވެ. އޭނާ އަކީ ސްޕޭނުގެ ރެއާލް މެޑްރިޑުގެ ފަހުގެ ތާރީހުގައި ހޯދި ބޮޑެތި ކާމިޔާބީތަކުގައި އެންމެ ބޮޑު ހިއްސާއެއްވި ކުޅުންތެރިޔާ އެވެ. އޭނާގެ ކުޅުމުގެ ސްޓައިލާއި މެޗަށް ނުފޫޒު ހިންގާ ވަރަށް ބެލުމަށްފަހު ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާ އަކީ ފަހަކަށް އައިސް ފެނިގެންދިޔަ އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. ކްރޮއޭޝިޔާގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
ނަމަވެސް ޓެކްސް އަށް މަކަރުހެދި ކަމުގެ ތުހުމަތުގައި 2018 ވަނަ އަހަރު ކްރޮއޭޝިޔާއާގައި އޭނާގެ ޝަރީއަތެއް ކުރިއަށް ގެންދިޔަ އެވެ. އެކަމަކު ވޯލްޑްކަޕުގައި ކްރޮއޭޝިޔާ ފައިނަލް ކުޅެ ހޯދި ކާމިޔާބީގަ ސަބަބުން އެޝަރީއަތުގެ އަޑު ކެނޑިގެންދިޔަ އެވެ.
މޮޑްރިޗް އަކީ ވަރަށް ފަރީގު އާއިލާއަކުން އުފެދުނު މޮޅު ކުޅުންތެރިއެކެވެ. ޔޫގޯސްލާވިޔާ ހަނގުރާމައިގެ ތެރޭގައި އޭނާގެ ގެ ސުންނާފަތިކޮށްލުމުން ރެފިއުޖީއެއްގެ ގޮތުގައި ހަތް އަހަރު އުޅެން ޖެހުނެވެ. އަދި އޭނާގެ ފުރަތަމަ ކޯޗު ބުނާ ގޮތުން ކަށިމަތިގަންނާނެ ފައިސާ ނެތުމުން މޮޑްރިޗްގެ ބައްޕަ އޭނާ އަށް ވަކަރުންގާޑެއް ހަދައިދިނެވެ. ނަމަވެސް މި ވާހަކަ މޮޑްރިޗް ވަނީ ފަހުން ދޮގުކޮށްފަ އެވެ.