ނަން: ސާޖިއޯ ބުސްކެޓްސް
ގައުމު: ސްޕޭން (ބާސެލޯނާ)
އުމުރު: 34
ކުލަބު: ބާސެލޯނާ (ސްޕޭން)
ގައުމީ ޓީމަށް ޖަހާދީފައިވާ ގޯލުގެ އަދަދު: 2
ގައުމީ ޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 137
ފާހަގަކުރެވޭ ހާއްސަ ކާމިޔާބީތައް:
މިލްކިއްޔާތުގެ އަގު:ގާތްގަނޑަކަށް 47 މިލިއަން ޑޮލަރު
ސާޖިއޯ ބުސްކެޓްސް އަކީ ސްޕޭނާއި ބާސެލޯނާގެ ކެޕްޓަނެވެ. އޭނާ އަކީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ސްޕޭންގެ މިޑްފީލްޑްގެ މައިތަނބެވެ. އޭނާ ވަނީ ބާސެލޯނާގައި ޔޫއޭފާ ޗެމްޕިއަންސް ލީގު ތިން ފަހަރު އަދި ކުލަބު ވޯލްޑްކަޕް ވެސް ތިން ފަހަރުހޯދައިފަ އެވެ. ސްޕެނިޝް ލީގުގެ ޗެމްޕިއަނުންނަށް ދޭ އަށް މެޑަލް އެބައޮތެވެ. މިހެންވެ ބާސެލޯނާ އާއި ސްޕޭން ޓީމުގައި މިވަގުތުހުރި އެންމެ އަގުހުރި އަދި އެންމެ ޝަރަފުވެރި ކުޅުންތެރިއަކީ އޭނާ އެވެ.
ބާސެލޯނާގެ ޔޫތު ސިސްޓަމުގެ ތެރެއިން ފުރޭނިގެން އައި ބުސްކެޓްސް އަކީ ދަނޑުމަތީގަ އާއި ދަނޑުބޭރުގައި ވެސް މަޑުމައިތިރި ކުޅުންތެރިއެކެވެ. އޭނާގެ ކުޅުން ފާހަގަކުރަން ނޫޅޭ މީހަކަށް ނުވަތަ އޭނާގެ ކުޅުމާމެދު ފަރުވާތެރި ނުވާ މީހަކަށް އޭނާގެ ދަނޑުމަތީގައި ކުރާކަމެއްގެ ހިލަމެއްވެސް ނުވާނެ އެވެ. މިހެންވެ ސްޕޭނަށް ވޯލްޑްކަޕާއި ޔޫރޯ ކާމިޔާބުކޮށްދިން ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ވިސެންޓޭ ޑެލްބޮސްކޭ ބުނީ މިހެންނެވެ. "ހަމައެކަނި މެޗަށް ބަލައިފިނަމަ އެމީހަކަށް ބުސްކެޓްސް ނުފެންނާނެ، ބުސްކެޓްސްގެ ކުޅުމަށް ބަލައިފިނަމަ އެމީހަކަށް މުޅި މެޗު ފެންނާނެ. އަހަރެންނަކީ ކުޅުންތެރިއެއްނަމަ އަހަރެން އަދާކުރަން ބޭނުންވަނީ އޭނާގެ ރޯލު" ކަމަށެވެ.
ފުޓްބޯޅަ ދިރާސާކުރާ ގިނަ މީހުންގެ ނަޒަރުގައި ބުސްކެޓްސް އަކީ ދުނިޔެދެކެފައިވާ އެންމެ މޮޅު ހޯލްޑިން މިޑްފީލްޑަރުންގެ ތެރެއިން އެކެކެވެ. މާނަ އަކީ އިނދިކޮޅު ޓީމުގެ ކުޅުން ހަލާކުކޮށްލައި އަމިއްލަ ޓީމުގެ ކުޅުންތެރިން އަތުން ގެއްލޭ ބޯޅަ ހޯދައިދީ ޓީމުގެ ފަހަތާއި މެދުތެރެ ވަރުގަދަކޮށްދޭން އެންމެ ފައްކާ ކުޅުންތެރިއަކީ އޭނާ ކަމަށެވެ.