ކުޅުންތެރިޔާގެ ޕްރޮފައިލް
ެއެކުއާޑް މެންޑީ
ސެނަގާލް
1
ކުލަބު
ޗެލްސީ
މިލްކިއްޔާތު
ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު
ކުޅެފައިވާ މެޗު
25
ޖަހައިފައިވާ ގޯލު
0

ނަން: އެޑުއާޑޯ މެންޑީ

ގައުމު: ސެނެގާލް

އުމުރު: 30

ކުލަބު: ޗެލްސީ (އިންގްލޭންޑް)

ގައުމީ ޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 25

ފާހަގަކުރެވޭ ހާއްސަ ކާމިޔާބީތައް:

  • ޔޫއޭފާ ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ގޯލްކީޕަރު 21/2020
  • ފީފާއިން ހޮވި 2021 ވަނަ އަހަރުގެ އެންމެ މޮޅު ކީޕަރު
  • އެފްރިކާކަޕް 2021ގެ އެންމެ މޮޅު ކީޕަރު

މިލްކިއްޔާތުގެ އަގު: ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު

ޗެލްސީއަށް ކުޅެމުން އަންނަ ސެނެގާލްގެ ކީޕަރު އެޑުއާޑޯ މެންޑީ އަކީ ފްރާންސަށް އުފަން ކުޅުންތެރިއެކެވެ. ރެއާލް މެޑްރިޑުގެ ފްރާންސް ވާތުބެކް ފާލޭންޑް މެންޑީ އަކީ އޭނާގެ ބޭބެ އެވެ. މެންޑީގެ ބައްޕަ އަކީ ގީނީ ބިސާއޯގެ މީހެކެވެ. މަންމަ އަކީ ސެނަގާލް މީހެކެވެ އުފަންވީ ފްރާންސަށެވެ. ބައްޕަގެ ގައުމު ތަމްސީލުކުރަން ފުރުސަތު ލިބުނަސް އޭނާ އިހްތިޔާރުކުރީ ސެނެގާލްގެ ގައުމީ ޓީމެވެ.

ޗެލްސީ އަށް ދިމާވި ގޯލްކީޕަރުންގެ މައްސަލަ ހައްލު ކުރުމަށް ކުރީގެ ކޯޗު ފްރޭންކް ލަމޕާޑު އޭނާ ގަތީ ފްރާންސްގެ ރޭންސް އަށް 22 މިލިއަން ޑޮލަރު ދީފަ އެވެ. މިއާއެކު އޭނާ ވެފައިވަނީ 2012 ވަނަ އަހަރުގެ ފަހުން އިނގިރޭސި ލީގުގައި ކުޅުނު އެފްރިކާގެ ފުރަތަމަ ކީޕަރަށެވެ. 2021 ވަނަ އަހަރު ބާންލޭއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ބެލެހެއްޓި ޗެލްސީގެ ގޯލަށް ބޯޅައެއް ނުވަދެ އެވެ. މިއާއެކު މެންޑީވެފައިވަނީ 2004 ވަނަ އަހަރު ޗެލްސީއަށް ކުޅެން ފަށައި އެކުލަބުގެ ވަރުގަދަ  ލެޖެންޑަކަށްވި ޕީޓަ ޗެކަށް ފަހު ފަހު ކުޅުނު ފުރަތަމަ ތިން މެޗުގައި ބައިކޮޅަށް ގޯލެއް ނުވައްދައި ނިންމާލި ފުރަތަމަ ކީޕަރަށެވެ. އަދި މި ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ތަށި ޗެލްސީ ހޯދިއިރު އޭނާ ވަނީ ނުވަ މެޗެއްގައި ގޯލަށް ބޯލަ ވަނަ ނުދީ ހިފަހައްޓައިފަ އެވެ. މިއީ ސްޕޭނުގެ ރެއާލް މެޑްރިޑުގެ ކުރީގެ ކީޕަރު ކޭލާ ނަވާސް އާއި ވެލެންސިއާގެ ކުރީގެ ކީޕަރު ސެންތިއާގޯ ކަނިޒާރޭޒްގެ އަތުގައި ރެކޯޑާ ހަމަހަމަވުމެވެ.

މެންޑީ އަކީ ޖިސްމާނީ ގޮތުން ވަރުގަދަ އަދި ދިފާއީ ލައިނުގައި ވަރަށް ވަރުގަދަ ކޮމާންޑަރެކެވެ. ރޭންސްގައި އޭނާ ކުޅުނު ފުރަތަމަ ސީޒަނުހައި އެވްރެޖްކޮށް މެޗެއްގައި 2.5  ސޭވްކުރި އެވެ. އަދި މިސީޒަނުގައި 40 ޔާޑުން ކުރި ފާހުގެ 51 ޕަސެންޓް ކާމިޔާބުކުރި އެވެ. މިއީ މެންޗެސްޓާ ސިޓީގެ ކީޕަރު އެޑަސަންގެ އެސީޒަނުގެ ޕަސެންޓޭޖާ އެއްވަރުގެ އަދަދެކެވެ.  މެންޑީ އަކީ ގޯލުގައި ހުރެ ވާހަކަ ގިނައިން ވާހަކަ ދައްކާ، މަތިން އަންނަ ބޯޅަތަކަށް ފަރިތަ ކީޕަރެކެވެ. މިހެންވެ ލަމްޕާޑު ވަނީ އޭނާ ޗެލްސީ އަށް އައުމުގެ ހިތްހަމަޖެހުން އެސީޒަނުގައި ވަރަށް ބޮޑަށް ފާހަގަކޮށްފަ އެވެ.

ސެނަގާލްގެ ގައުމީ ޓީމަށް މިހާތަނށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ މިދިޔަ އަހަރުގެ އެފްރިކާކަޕް ކާމިޔާބުކުރުމެވެ. އެ މުބާރާތުގެ އެންމެ މޮޅު ކީޕަރަކީ މެންޑީ އެވެ. ޗެލްސީ އާއި ސެނެގާލްގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން އެ އަހަރުގެ ޗެމްޕިއަންސް ލީގުގެ މޮޅު ކީޕަރުކަމާއި އެފްރިކާ ކަޕުގެ މޮޅު ކީޕަރުގެ އިތުރުން ފީފާއިން ހޮވި އެންމެ މޮޅު ކީޕަރުގެ މަގާމު ވެސް ލިބުނީ މެންޑީ އަށެވެ.