ކުޅުންތެރިޔާގެ ޕްރޮފައިލް
ހޫގޯ ލޮރިސް
ފްރާންސް
1
ކުލަބު
ޓޮޓެންހަމް
މިލްކިއްޔާތު
ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު
ކުޅެފައިވާ މެޗު
139
ޖަހައިފައިވާ ގޯލު
0

ނަން: ހޫގޯ ހަޑްރީން ޑޮމިނިކް ލޮރިސް

ގައުމު: ފްރާންސް

އުމުރު: 35

ކުލަބު: ޓޮޓެންހަމް (އިންގްލޭންޑް)

ގައުމީ ޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 139

ފާހަގަކުރެވޭ ހާއްސަ ކާމިޔާބީތައް:

  • ވޯލްޑްކަޕްގެ ޗެމްޕިއަންކަން 2018
  • ފްރާންސް ލީގުގެ އެންމެ މޮޅު ކީޕަރުކަން ތިން ފަހަރު

މިލްކިއްޔާތުގެ އަގު:ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު

ޓޮޓެންހަމުގެ ކީޕަރު ހޫގޯ ލޮރިސް އަކީ 2010 ވަނަ އަހަރުން ފެށިގެން ފްރާންސްގެ ގައުމީ ޓީމުގެ ކެޕްޓަނެވެ. އޭނާ ގައުމީ ޓީމަށް ކުޅެން ފެށީ އުމުރު ފުރާގެ ގައުމީ ޓީމުތަކުގައި މޮޅަށް ކުޅުމަށްފަހު 2008 ވަނަ އަހަރުން ފެށިގެންނެވެ. މިހާތަނަށް އޭނާ ވަނީ ގައުމީ ޓީމަށް 139 މެޗު ކުޅެދީފަ އެވެ. މިފަހަރުގެ ވޯލްޑްކަޕުގެ ތެރޭގައި އޭނާ އަށް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ލިލިއަމް ތުރަމްގެ (142 މެޗުގެ) ރެކޯޑް މުގުރައިލެވިދާނެ އެވެ.

ލޮރިސް އަކީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ފްރާންސަށް ކާމިޔާބުކޮށްދިން ކީޕަރު ވެސްމެ އެވެ. ދިފާއީ ކީޕަރުގެ ގޮތުގައި ގަތަރު ވޯލްޑްކަޕް އޭނާ ފަށާއިރު ލޮރިސް ހުރީ ވަރަށް ފޯމުގަ އެވެ. އޭނާ އަކީ ފްރާންސްގެ ނީސްގެ ގަރަދުވެރި އާއިލާއަކަށް އުފަންވި ކުއްޖެކެވެ. އޭނާގެ މަންމަ އަކީ ގާނޫނީ ވަކީލެކެވެ. ބައްޕަ އަކީ ނީސްގެ ސަރުކާރުގެ އިސްމީހެކެވެ. އޭނާގެ އެއްބަދު ބޭބެ އާއި ކޮއްކޮ މެންނަކީ ފުޓްބޯޅަ އާއި ޓެނިސް ކުޅުންތެރިންނެވެ.

ލޮރިސް އަކީ ބޮކްސް ތެރޭގައި ރަނގަޅަށް އިރުޝާދުތައްދޭ ކީޕަރެކެވެ. ވަންއޮންވަން ސިޓުއޭޝަނަތަކަށް ފަރިތަ ކީޕަރެކެވެ. އޭނާ އަކީ ސްވީޕަރެއްގެ ރޯލަށް ވަރަށް ރަނގަޅު ކީޕަރެކެވެ. ނަމަވެސް ގިނަ ބަޔަކު އޭނާ ސިފަކުރަނީ ނުރައްކާތެރި ސޭވްތައް ކުރާ ކީޕަރެއްގެ ގޮތުގަ އެވެ. ގައުމީ ޓީމުގައި ގިނަ ބަޔަކު އޭނާ އެންމެ ފާހަގަ ކުރާ ދެ މެޗަކީ 2010ގެ ވޯލްޑްކަޕް ކޮލިފައިންގެ ޕްލޭއޯފްގައި އަޔަލޭންޑާ ދެކޮޅަށް ކުޅުނު މެޗުތަކެވެ. އެ ދެ މެޗުގައި ފްރާންސް ސަލާމަތްވީ އޭނާގެ މޮޅު ސޭވްތަކުން ކަމަށް މީޑިޔާތަކުން ވެސް ސިފަކުރި އެވެ.