ނަން: އަކްރަމް ހަސަން އަފީފް
ގައުމު: ގަތަރު
އުމުރު: 26
ކުލަބު: އަލްސާދް (ގަތަރު)
ގައުމީ ޓީމަށް ޖަހާދީފައިވާ ގޯލުގެ އަދަދު: 24
ގައުމީ ޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 83
ފާހަގަކުރެވޭ ހާއްސަ ކާމިޔާބީތައް: އޭޝިޔާގެ އެންމެ މޮޅު ކުޅުންތެރިޔާ 2019
މިލްކިއްޔާތުގެ އަގު: ގާތްގަނޑަކަށް 3 މިލިއަން
އަކްރަމް އަފީފް އަކީ ގަތަރު ޓީމުގެ އެންމެ ވިދުންގަދަ ތަރި އެވެ. އޭނާ އަކީ 2019 ވަނަ އަހަރުގެ އޭޝިއާ ކަޕް ގަތަރަށް ހޯދައިދިން ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އެ މުބާރާތުގައި ދެއްކި ކުޅުމާއެކު އެ އަހަރުގެ އޭޝިޔާގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް އޭނާ އެވެ.
އޭނާގެ ބައްޕަ އަކީ ޓެންޒޭނިއާގެ ސޯމާލިއާ ދަރިކޮޅުގެ މީހެކެވެ. ސޯމާލިޔާގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިއެއްވެސްމެ އެވެ. މަންމަ އަކީ ޔަމަނު މީހެކެވެ. އަކްރަމް އަފީފް އުފަންވީ އޭނާގެ ބައްޕަ ގަތަރުގެ އަލް އިއްތިހާދަށް ކުޅެނިކޮށް ގަތަރުގެ ވެރިރަށް ދޯހާ އަށެވެ. އޭނާގެ ބައްޕަ ވަނީ ފަހުން ގަތަރުގެ ބައެއް ކުލަބުތަކަށް ކޯޗުކަން ވެސް ކޮށްދީފަ އެވެ.
ވޯލްޑްކަޕް ބޭއްވުމުގެ ފުރުސަތު ލިބުމާއެކު ރަނގަޅު ޓީމެއް ބިނާކުރުމަށް ގަތަރުން ފެށި ޕްރޮގްރާމުގެ ތެރެއިން އަކުރަމް އަފީފަކީ ހުނިޖަހާލާފައި ނެގި ޒުވާން ކުޅުންތެރިއެކެވެ. މި މުބާރާތަށް ގަތަރު ޓީމު ވަރުގަދަކުރުމަށް ފެށި އެޑިއުކޭޝަނަލް ޕްރޮގްރާމުގެ ތެރެއިން އަކްރަމް އަފީފެ ވެގެންދިޔައީ އިތުރު ތަމްރީނަށް ސްޕޭނަށް ފޮނުވި ކުޅުންތެރިންގެ ތެރޭގަ އެވެ. ސްޕޭނުގެ ސެވިއްޔާ އާއި ވިޔަރެއާލްގެ ޔޫތު ޓީމަށް އޭނާ ކުޅެނެވެ. އަދި ވިޔަރެއާލްގައި ރަނގަޅު ކުޅުމެއް ދެއްކުމުން އެ ޓީމުން އޭނާގެ ސޮއި ދާއިމީކޮށް ހޯދި އެވެ. މިއާއެކު އަކްރަފް އަފީފް ވެފައިވަނީ ގަތަރުގެ ކުޅުންތެރިންގެ ތެރެއިން ސްޕޭނުގެ ކުލަބަކަށް ސޮއިކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
އަކްރަމް އަފީފް ގަތަރުގެ ސީނިއާ ގައުމީ ޓީމަށް ކުޅެން ފެށީ 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ގަތަރުގެ އުމުރުފުރާގެ ގައުމީ ޓީމުތަކުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ގައުމީ ޓީމަށް އޭނާ އެންމެ ފުރަތަމަ ކުޅުނީ 2015 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ތިނެއްގައި ބޫޓާނާ ދެކޮޅަށެވެ. 15-0އިން ގަތަރު މޮޅުވި މެޗުގައި އޭނާ ގޯލެއް ވެސް ޖެހި އެވެ. ކެރިއަރުގައި މިހާތަނަށް އޭނާ ވަނީ 189 މެޗުން 92 ގޯލު ކުލަބު ލެވެލްގައި ޖަހައިދީފަ އެވެ. އަމިއްލަ ގައުމުގައި ގައުމުގެ ފަހުރާއިޝަރަފަށް ގަތަރުން ކުޅޭއިރު އަކުރަމް އަފީފް ދައްކާ ކުޅުމަށް ގަތަރުގެ ނަތީޖާތައް ބުރަވުމަކީ ވަރަށް ގާތުގައިވާ ކަމެއް ކަމަށް އެ ގައުމުގެ ފުޓްބޯޅަ ދިރާސާކުރާ ތަޖުރިބާކާރުން ބުނެ އެވެ.