ކުޅުންތެރިޔާގެ ޕްރޮފައިލް
ވާޖިލް ވެންޑައިކް
ނެދަލޭންޑްސް
4
ކުލަބު
ލިވަޕޫލް
މިލްކިއްޔާތު
30 މިލިއަން ޕައުންޑް
ކުޅެފައިވާ މެޗު
47
ޖަހައިފައިވާ ގޯލު
5

ނަން: ވާޖިލް ވެންޑައިކް

ގައުމު: ނެދަލޭންޑްސް

އުމުރު: 31

ކުލަބު: ލިވަޕޫލް (އިންގްލޭންޑް)

ގައުމީ ޓީމަށް ޖަހާދީފައިވާ ގޯލުގެ އަދަދު: 5

ގައުމީ ޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 47

ފާހަގަކުރެވޭ ހާއްސަ ކާމިޔާބީތައް:

އިނގިރޭސި ޕްރެމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ 2018/19

ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ 2018/19

މިލްކިއްޔާތުގެ އަގު: ގާތްގަނޑަކަށް 30 މިލިއަން ޕައުންޑް

ވާޖިލް ވެންޑައިކް އަކީ ނެދަލޭންޑްސް ޓީމުގެ ކެޕްޓަނެވެ. ފާއިތުވެދިޔަ ފަސް އަހަރު އެއްފެންވަރެއްގައި ކުޅުނު އަދި ޔޫރަޕުގައި ހުރި އެންމެ މޮޅު އެއް ޑިފެންޑަރެވެ. މަތިންނާއި ތިރިން ވެސް އެއްފެންވަރަކަށް ކުޅޭއިރު އޭނާ އަކީ ޖިސްމާނީގޮތުން ވަރުގަދަ، ދުވެލިބާރު އަދި ލީޑަރޝިޕް ވަރުގަދަ ކުޅުންތެރިއެކެވެ. ގިނަ ކޯޗުން އޭނާ ދެކެ ގަޔާވާ ސިފަތަކަކީ ވެސް މިއީ އެވެ.

ވެންޑައިކްގެ މަންމަ އަކީ ނެދަލޭންޑްސްގެ ބާރުގެ ދަށުގައި އޮތް ދެކުނު އެމެރިކާގެ ސުރިނާމްގެ މީހެކެވެ. ބައްޕައަކީ ނެދަލޭނޑްސް މީހެކެވެ. އޭނާގެ ޖާޒީގައި ވާޖިލް ޖަހާފައިވަނީ ވެސް ބައްޕަ ރޮން ވެންޑައިކް އޭނާ ކުޑައިރު އާއިލާ އެކަނިކޮށްލާފައި ދިއުމުގެ ސަބަބުން ބައްޕަގެ ނަން ބޭނުން ނުކުރަންވެގެންނެވެ.

ވެންޑައިކް އެންމެ ކުޑައިރު ފުޓްބޯޅަ ކުޅެ އުޅުނީ ޕާޓްޓައިމްކޮށް މީހުންނަށް މަސައްކަތްކޮށްދެމުންނެވެ. ނަމަވެސް އޭނާގެ އިސްކޮޅާއި ވަރުގަދަކަން ފެނިފައި ނެދަލޭންޑްސްގެ ގްރޮނިންގަންގެ ކޯޗުގެ ލޮލުގައި އޭނާ އަޅައިގަތީ އެވެ. ކުދި އަދި މެދުފަންތީގެ ޓީމުތަކުގައި ކުޅެނިކޮށް އޭނާގެ ތަރިއެރީ  2017 ވަނަ އަހަރު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އޭނާގެ ސޮއި ހޯދުމުންނެވެ.

އެންމެ ފަހުގެ ޔޫރޯގައި އަނިޔާގެ ސަބަބުން ވެންޑައިކް ނުކުޅެ އެވެ. މިކަން ވެގެންދިޔައީ ނެދަލޭންޑްސް އަށް މުބާރާތުގައި ކުރިއަށް ދިއުމަށް ދިމާވި ވަރަށް ބޮޑު ދަތިކަމަކަށެވެ.

އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ 2019 ވަނަ އަހަރު ބުނީ އޭނާ އަށް ފެނުނު އެންމެ މޮޅު އެއް ޑިފެންޑަރަކީ ވެންޑައިކް ކަމަށެވެ.