ކުޅުންތެރިޔާގެ ޕްރޮފައިލް
ހެރީކޭން
އިންގްލޭންޑް
10
ކުލަބު
ޓޮޓެންހަމް
މިލްކިއްޔާތު
ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު
ކުޅެފައިވާ މެޗު
73
ޖަހައިފައިވާ ގޯލު
50

ނަން: ހެރީކޭން

ގައުމު: އިންގްލޭންޑް

އުމުރު: 29 އަހަރު

ކުލަބު: ޓޮޓެންހަމް (އިންގްލޭންޑް)

ގައުމީ ޓީމަށް ޖަހާދީފައިވާ ގޯލުގެ އަދަދު: 50

ގައުމީ ޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 73

ފާހަގަކުރެވޭ ހާއްސަ ކާމިޔާބީތައް:

އިނގިރޭސި ޕްރެމިއާ ލީގު ރަންބޫޓު 3 ފަހަރު

ވޯލްޑްކަޕް 2018ގެ ރަންބޫޓު

މިލްކިއްޔާތުގެ އަގު:ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު

އިންގްލޭންޑާއި ޓޮޓެންހަމުގެ ކެޕްޓަން ހެރީކޭން އަކީ ޕްރެމިއާ ލީގުގެ ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އޭނާ އަކީ 189 ގޯލާއެކު ޓޮޓެންހަމަށް ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިން ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

ކޭން އަކީ އިސްކޮޅުދިގު ގޯލާ ރައްޓެހި ފޯވަޑެކެވެ. މިހެންވެ އޭނާގެ އެހީ އަށް ޕްރެމިއާ ލީގުގެ ގިނަ ކުލަބުތަކަކުން އެދެއެވެ. އެކަމަކު އެކަމަށް ހުރަސް އެޅެނީ އޭނާގެ މުޅި އާއިލާ އަކީ ވެސް ޓޮޓެންހަމުގެ ސަޕޯޓަރުންނަށްވެފައި އޭނާ އާއި ކުލަބާ ދެމެދު އޮތް ގާތްކަމަށްޓަކައެވެ. ނަމަވެސް ކޭން އަކީ ތަށިތަކެއް ނުލިބި ޓޮޓެންހަމުގައި ހުންނަޖެހޭވަރަށްވުރެ މާމޮޅު ފޯވަޑެއްކަމަށް ގިނަބަޔަކު ގަބޫލުކުރެ އެވެ.

ގިނަ ބައެއްގެ ނަޒަރުގައި ކޭން އަކީ 90ގެ އަހަރުތަކުގައި ޓީމުތަކުގެ ކުރީގައި ކުޅުނުފަދަ "ބޯލްޑް ނަންބަރ ނައިން،" ފަދަ ފޯވަޑެކެވެ. ބައްޕަގެ ފަރާތުން ރިޕްބަލިކްއޮފް އަޔަލޭންޑަށް ވެސް ކުޅެން އޮއްވައި އިނގިރޭސި ގައުމީ ޓީމަށް ކުޅެން ނިންމި ކޭން އަށް ގައުމީ ޓީމުން ފުރަތަމަ ފުރުސަތު ލިބުނީ 2015 ވަނަ އަހަރު ރޯއި ހޮޖްސަންގެ ކޯޗުކަމުގަ އެވެ. އޭގެ ފަހުން މިހާތަނަށް ގައުމީ ޓީމަށް 73 މެޗުން 50 ގޯލު ޖަހާފައިވެ އެވެ. އަދި އޭނާ އަކީ ގައުމީ ޓީމާއި ޕްރެމިއާ ލީގުގެ ގޯލް ޖެހުމުގެ ގިނަ ރެކޯޑްތަކެއް މުގުރާލާނެ ކުޅުންތެރިއެއްކަމުގައި މިހާރު ވެސް ގިނަ ބަޔަކު ޔަގީންކުރެ އެވެ.

ނަމަވެސް ބޮޑެތި މުބާރާތްތަކުގައި ހާއްސަކޮށް މިފަދަ މުބާރާތްތަކުގެ ފަހުބައިގައި އޭނާ އަށް ގޯލު ނުޖެހޭ ކަމުގެ ނުވަތަނަސްކަން ސަޕޯޓަރުންގެ މެދުގައި ބޮޑެވެ. މިކަން ސާބިތުވަނީ އެންމެ ފަހުގެ ވޯލްޑްކަޕުންނެވެ. ގްރޫޕް ސްޓޭޖުގައި ތިން ޕެނަލްޓީއާ ވެސް އެކު ހަ ގޯލު ޖަހައިގެން އޭނާ ރަންބޫޓު ގެންދިޔައީ އޭގެ ފަހުން އެއްވެސް މެޗެއްގައި ގޯލެއް ނުޖަހަ އެވެ.

ނަމަވެސް އޭނާ ނުލައި އިނގިރޭސި ޓީމަކީ މާބޮޑުވަރެއްވާނޭ ޓީމަކަށްނުވާނެ އެވެ.

އިނގިރޭސި ކުރީގެ ކެޕްޓަން އެލަން ޝިއަރާ ބުނީ ކޭން އަކީ އިނގިރޭސި ޓީމަށް ފުރަތަމަ ނަގަންޖެހޭ ކުޅުންތެރިޔާ ކަމަށެވެ.

"ހެރީކޭން އަކީ އެންމެ ފުރަތަމަ ޓީމު ލިސްޓުގައި އޮންނަޖެހޭ ނަން. އަހަންނަކަށް ހިޔެއް ނުވޭ މިކަމާ ދެބަސްވާނެ މީހަކު ހުންނާނެހެން. އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް،" ޝިއަރާ ބުންޏެވެ.