ކުޅުންތެރިޔާގެ ޕްރޮފައިލް
ލިޔޮނަލް މެސީ
އާޖެންޓީނާ
10
ކުލަބު
ޕީއެސްޖީ
މިލްކިއްޔާތު
ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު
ކުޅެފައިވާ މެޗު
164
ޖަހައިފައިވާ ގޯލު
90

ނަން: ލަޔޮނަލް މެސީ

ގައުމު: އާޖެންޓީނާ

އުމުރު: 35

ކުލަބު: ޕީއެސްޖީ (ފްރާންސް)

ގައުމީ ޓީމަށް ޖަހާދީފައިވާ ގޯލުގެ އަދަދު:90

ގައުމީ ޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 164

ފާހަގަކުރެވޭ ހާއްސަ ކާމިޔާބީތައް:

  • ބެލޮންޑީއޯ 7 ފަހަރު
  • އާޖެންޓީނާ އާއި ބާސެލޯނާއަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ
  • ޔޫރަޕުގެ ރަންބޫޓު ހަ ފަހަރު

މިލްކިއްޔާތުގެ އަގު: ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު

އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ގިނަ ބަޔަކަށް ދުނިޔެ ދެކެފައިވާ އެންމެ މޮޅު ކުޅުންތެރިޔާ ވެސްމެ އެވެ. އޭނާ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑް އަދަދެއް ކަމަށްވާ ހަތް ފަހަރު ހޯދައިފަ އެވެ.

އިސްކޮޅުން ކުރުވުމުން، ދިގުވުމައްޓަކައި ކުރަންޖެހޭ ބޭސްފަރުވާ ކުރެވޭނެ ގޮތް ބާސެލޯނާއިން ހަމަޖައްސައިދިނުމުން ވަރަށް ޅަ އުމުރުގައި އެކުލަބާ ގުޅުނު މެސީގެ މުޅި ކެރިއަރުގެ ކާމިޔާބީތައް ގުޅިފައިވަނީ ބާސެލޯނާއާ އެވެ. މީގެ ދެ އަހަރު ކުރިން ބާސެލޯނާ އަށް ދިމާވި މާލީ އަޑިގަނޑަކާހުރެ މަޖުބޫރީހާލަތެއްގައި ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ނަމަވެސް މެސީގެ ކާމިޔާބީ އާއި އޭނާގެ ލެގަސީ އޮތީ ބާސެލޯނާގައެވެ.

މެސީ އަކީ އިސްކޮޅުން ކުރު ކުޅުންތެރިއެކެވެ. އެކަމަކު އެހާމެ ހަލުވި އެވެ. ހުނަރުވެރި އެވެ. މިހެންވެ އޭނާ އަށްވުރެ އިސްކޮޅުން ދިގު ކުޅުންތެރިން ކައިރިން ނައްޓާލަން ފަސޭހަވުމާއި އެމީހުން މަގުއޮޅުވާލުމުގައި މެސީ ގިނަ ފަހަރު ކާމިޔާބު ހޯދަ އެވެ. ސްޕޭނުގެ މީޑިއާތަކުން އޭނާ އަށް އެޓޮމިކް ފްލެއާގެ ނަމުން މުހާތަބްކުރަނީ މިހެންވެއެވެ. އޭނާގެ ކުރު އެކަމަކު ވަރުގަދަ ދެފައިގެ ސަބަބުން އިދިކޮޅު ކުޅުންތެރިންނަށް އޭނާ ހުއްޓުވަން އުނދަގޫވެ، ގިނަ ޓެކްލް ކުރަންޖެހެއެވެ. އަދި އޭނާގެ އަވަސް ދެފައިތިލައިގެ ސަބަބުން ބޯޅައިގެ ކޮންޓްރޯލް ގެއްލުނަނުދީ އަވަސް ހަރަކާތާއެކު ކުރިއަށްދިއުމަށް ފަސޭހަވެ އެވެ.

ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އަކީ މެސީގެ އެންމެ ޗާލާކީ ދުވަސްވަރު އެ ޓީމުގެ ކޯޗެވެ. އޭނާ ބުނީ ކޮންމެ މަގާމަކަށް ވެސް އެންމެ މޮޅު މީހަކީ މެސީ ކަމަށެވެ.

"އޭނާ އަކީ އެންމެ މޮޅު ނަންބަރު ނުވައެއް. އެންމެ މޮޅު ނަންބަރު ދިހައެއް. އެންމެ މޮޅު ނަންބަރު ހަތެއް، ހަތަރެއް މިހެން ގޮސް ކޮންމެ މަގާމަކަށް ބެލިޔަސް އެންމެ މޮޅީ އޭނާ. އޭނާ އަކީ ބޯޅާއާ ނުލައި ދުވާވަރަށްވުރެ ބާރަށް ބޯޅައާއެކު ދުވާ ހަމައެކަނި ކުޅުންތެރިޔާ،" ގާޑިއޯލާ ބުންޏެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށްދޭ ބެލޮންޑީއޯ އެވޯޑް މެސީ ވަނީ ހަތް ފަހަރު ހޯދައިފަ އެވެ. މިއީ ރެކޯޑެކެވެ. ޔޫރަޕުގެ ރަންބޫޓު ހަ ފަހަރު އަދި ފީފާ ވޯލްޑްކަޕް 2014 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. ކުރިއާ ހިލާފަށް މިފަހަރުގެ ވޯލްޑްކަޕަށް ނުކުންނައިރު އޭނާ އަށް އޮތް ހިތްހަމަޖެހުމަކީ ގައުމީ ޓީމުގައި ކާމިޔާބު ނުލިބޭ ވާހަކަ އަށް މިދިޔަ ދެ އަހަރު ތެރޭގައި ނިމުންގެނެވިފައިވުމެވެ. މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތާއި ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި މި އަހަރު ކުޅުނު ފައިނަލިސިމާ ކަޕްގެ ދެ ތައްޓާއެކު މެސީގެ އިތުބާރުވަނީ ބޮޑުވެފަ އެވެ. އޭނާގެ އުއްމީދަކީ ފުޓްބޯޅައިގައި މިހާތަނަށް ނުލިބޭ ހަމައެކަނި ކާމިޔާބު ކަމަށްވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމެވެ. އޭނާގެ ކެޕްޓަންކަމުގައި 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލަށް ދިޔަ ޓީމަށްވުރެ އާޖެންޓީނާގެ މިހާރުގެ ސްކޮޑް ވަރުގަދަ ކަމަށް މެސީ ގަބޫލުކުރެ އެވެ. މިހެންވެ މިއީ އޭނާގެ ފަހަރުކަމަށް ބުނާ މީހުން ވެސް މަދެއްނޫނެވެ. މިއުއްމީދު ހާސިލްކުރުމަށް ވޯލްޑްކަޕަށް ތައްޔާރުވާން ހުރިހާ ވިސްނުމެއް ދޫކޮށްލުމަށް ނިންމީ މެސީ ވަނީ

މިސީޒަނުގެ ނިޔަލަށް ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާތީވެ އެކޮންޓްރެކްޓް އާކުރުމާއި އެނބުރި ބާސެލޯނާ އަށް ބަދަލުވާނެ ކަމަށް ދެކެވޭ ވާހަކަތަކާމެދު ވެސް ގޮތެއް ނިންމުން މަޑުޖައްސާލައިފަ އެވެ.