ކުޅުންތެރިޔާގެ ޕްރޮފައިލް
ރޮބަޓް ލެވޮންޑޯސްކީ
ޕޮލެންޑް
9
ކުލަބު
ބާސެލޯނާ
މިލްކިއްޔާތު
ގާތްގަނޑަކަށް 85 މިލިއަން
ކުޅެފައިވާ މެޗު
133
ޖަހައިފައިވާ ގޯލު
76

ނަން: ރޮބަޓް ލެވޮންޑޯސްކީ

ގައުމު: ޕޮލެންޑް (ޕޮލެންޑް)

އުމުރު: 34

ކުލަބު: ބާސެލޯނާ

ގައުމީ ޓީމަށް ޖަހާދީފައިވާ ގޯލުގެ އަދަދު: 76

ގައުމީ ޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 133

ފާހަގަކުރެވޭ ހާއްސަ ކާމިޔާބީތައް:

  • ޔޫރަޕުގެ ރަންބޫޓު 2 ފަހަރު
  • ފީފާ ބެސްޓް ޕްލޭޔަރ 2 ފަހަރު
  • ބުންޑަސްލީގާގެ މޮޅު ކުޅުންތެރިޔާ 2 ފަހަރު

މިލްކިއްޔާތުގެ އަގު: ގާތްގަނޑަކަށް 85 މިލިއަން

ބޮލުންނާއި ފައިން ވެސް ގޯލުޖަހަން ފަރިތަ ރޮބަޓް ލެވޮންޑޯސްކީ އަކީ ދުނިޔޭގައި މިވަގުތުހުރި އެންމެ މޮޅު އެއް ފޯވަޑެވެ. އޭނާ އަކީ ޖަރުމަނުގެ ބުންޑަސްލީގާ އާއި ބަޔާން މިއުނިކްގެ އެންމެ ކާމިޔާބު އެއް ފޯވަޑްވެސްމެ އެވެ. ކެރިއަރުގައި މިހާތަނަށް 600ވުރެ ގިނަ ގޯލު ޖަހާފައިވެ އެވެ. ޕޮލެންޑްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާގެ ރެކޯޑް ވެސް އޮތީ އޭނާގެ އަތުގަ އެވެ. އުމުރުން 34 އަހަރުގައި ބާސެލޯނާއިން އޭނާގެ ސޮއި ހޯދި މައިގަނޑު ސަބަބަކީ ވެސް އާދަޔާ ހިލާފަށް ގޯލާ ރައްޓެހިވުމެވެ.

ލެވޮންޑޯސްކީ އަކީ ހަމައެކަނި ގޯލު ޖަހާ ކުޅުންތެރިއެއްނޫނެވެ. އޭނާގެ ވިސްނުންތެރި އަވަސް ހަރަކާތްތަކުގެ ސަބަބުން އެހެން ކުޅުންތެރިންނަށް ގޯލު ޖަހަން މަގުފަހިވެ އެވެ. އަދި އޭނާ އަކީ ދުރުން ގޯލު ޖެހުމަށާއި ހިލޭޖެހުންތަކަށް ވެސް މޮޅު ކުޅުންތެރިއެކެވެ.

ލޮވޮންޑޯސްކީ ވަށައިގެންތިބީ ކުޅިވަރުގެ މީހުންނެވެ. އޭނާގެ ބައްޕަ އޭނާ އަށް ރޮބަޓް ކިޔަން ބޭނުންވީ ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި ގައުމުން ބޭރަށް ދިއުމަށް ފަސޭހަކުރުމަށެވެ. ބައްޕައަކީ ހިސާބަށް ފުޓްބޯޅަ ކުޅުނު ޕޮލެންޑްގެ ޖޫޑޯ ޗެމްޕިއަނެކެވެ. އޭނާގެ މަންމަ އަކީ ކުރީގެ ވޮލީކުޅުންތެރިއެކެވެ. ފަހުން ވޮލީ ކުލަބެއް ހިންގި މީހެކެވެ. އަންހެން ކޮއްކޮ އަކީ ޕޮލެންޑްގެ 21 އަހަރުންދަށުގެ ގައުމީ ޓީމުގެ ވޮލީ ކުޅުންތެރިއެކެވެ. އޭނާގެ އަންހެނުން އެނާ ލޮވޮންޑޯސްކީ ވަނީ 2009 ވަނަ އަހަރުގެ ކަރާޓޭ ވޯލްޑްކަޕުން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.

އަންހެނުން އެނާ އަކީ ލެވޮންޑޯސްކީގެ ހަށިގަނޑުގެ ތަރުއްބިއްޔަތުގެ ފަހަތުގައި ހުރި ފަރާތެވެ. ކެއުން ބަހައްޓަންވީ ގޮތާއި ކަސްރަތާއި ފިޓްނަސް ހިފެހެއްޓުމުގެ މައި މޭސްތިރިއަކީ އޭނާ އެވެ.