ކުޅުންތެރިޔާގެ ޕްރޮފައިލް
ކޭލިއަން އެމްބާޕޭ
ފްރާންސް
10
ކުލަބު
ޕީއެސްޖީ
މިލްކިއްޔާތު
ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު
ކުޅެފައިވާ މެޗު
58
ޖަހައިފައިވާ ގޯލު
28

ނަން: ކޭލިއަން އެމްބާޕޭ

ގައުމު: ފްރާންސް

އުމުރު: 23 އަހަރު

ކުލަބު: ޕީއެސްޖީ (ފްރާންސް)

ގައުމީ ޓީމަށް ޖަހާދީފައިވާ ގޯލުގެ އަދަދު: 28

ގައުމީ ޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 58

ފާހަގަކުރެވޭ ހާއްސަ ކާމިޔާބީތައް:

  • ވޯލްޑްކަޕް ޗެމްޕިއަން 2018
  • ވޯލްޑްކަޕް 2018ގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ

މިލްކިއްޔާތުގެ އަގު:ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު

އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާގެ ނަޒަރުގައި އެމްބާޕޭ އަކީ މި ފަހުން ފްރާންސުން އުފެދުނު އެންމެ މޮޅު ފޯވަޑެވެ. ވެންގާގެ ނަޒަރުގައި ބޯޅައާއެކު ދުވެ، ކޮއްޓާއިރު އެއީ ފްރާންސްގެ ކުރީގެ ތަރި ތިއޭރީ އޮންރީ ފަދަ ހުނަރުވެރިއެކެވެ. އަދި ބާރު ދުވެލީގައި ގޮސް ބޯޅަ ގޯލަށް ވައްދާލުމާއި ވަން އޮން ވަން ސިޓުއޭޝަންސްތަކުގައި ކީޕަރުގެ ކުރިމަތީގައި އޭނާ ހުންނަ ސާބިތުކަން ބޮޑެވެ. އަދި އޭނާގެ ނިންމާލުންތަކުގައި ހުންނަ ތަފާތު ސްޓައިލްތައް ގިނަކަމުންނާއި ބޯޅައިގައި ޖަހާލެއް ބާރުކަމުން އެއީ ބްރެޒިލްގެ މަޝްހޫރު ފޯވަޑް ރޮނާލްޑޯ ފަދަ ކުޅުންތެރިއެއް ކަމަށް ވެސް ގިނަ ބަޔަކު ދެކެ އެވެ.

އެމްބާޕޭ އަކީ އޭނާގެ އުމުރުން އެންމެ 23 އަހަރުގައި ދުނިޔޭގައި މިވަގުތުހުރި އެންމެ މުސާރަބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. ރެއާލް މެޑްރިޑުގެ ހުށަހެޅުމަށް ފުރަގަސްދިނުމަށްފަހު ވަރަށް ގިނަ އިހްތޔާރުތަކަކާއެކު ޕީއެސްޖީއާއެކު އޭނާ މިއަހަރު ކުރީކޮޅު އާކުރި ކޮންޓްރެކްޓްގެ ދަށުން މިނިޓަކު 438 ޑޮލަރުގެ އާމްދަނީއެއް ލިބެ އެވެ.

އެމްބާޕޭ އަކީ އެންމެ ފަހުގެ ވޯލްޑްކަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އެވެ. އެ މުބާރާތުގެ ފައިނަލުގައި އޭނާ ޖެހި ގޯލާއެކު ބްރެޒިލްގެ ޕެލޭ ނެގުމަށްފަހު ވޯލްޑްކަޕުގެ ފައިނަލުގައި ގޯލުޖެހި އެންމެ ޒުވާން ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އަދި އުމުރުން އެންމެ 16 އަހަރުގައި އޭނާ ވަނީ އޮންރީ އަތުގައި މިހާތަނަށް އޮތް މޮނާކޯއަށް އެންމެ ޒުވާން އުމުރެއްގައި ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޮޑް މުގުރާލައިފަ އެވެ. އެމްބާޕޭ އަކީ ހަރަކާތް އަވަސް އަދި ދުވެލި ބާރު ކުޅުންތެރިއެކެވެ. މިހެންވެ ޑިފެންޑަރުންނަށް އޭނާ ހުއްޓުވުމަކީ ފަސޭހަކަމަކަށްނުވެ އެވެ.

އެމބާޕޭގެ ނުރައްކާ އެންމެ ބޮޑަށް ފެނިގެންދާނީ އޭނާ އަށް ބޯޅައާއެކު ދުއްވައިގަތުމަށް ފުރުސަތު ލިބޭ ދަނޑިވަޅުގަ އެވެ. ނިންމާލުމުގައި އޭނާއަކީ ތޫނުފިލި ކުއްޖެކެވެ. ޕީއެސްޖީގައި އޭނާ އަށް ޒިންމާތަކަކާއެކު ކުޅެން ޖެހުނަސް ގައުމީ ޓީމުގައި ވަރަށް ފްރީކޮށް ކުޅެން ފުރުސަތު ލިބިއެވެ.

"ނިންމާލުމުގައި އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. މިހެންވެ ދުނިޔޭގެ އެންމެ މޮޅު ފޯވަޑުންގެ ތެރޭގައި އޭނާ ހިމެނޭނެ. އެކަމަކު އޭނާ ވެސް ދަނޑު ބޭރުގަ އާއި ދަނޑުމަތީގައި ވިސްނުންތެރިކަމާއެކު އުޅޭ މީހަކަށްވާން. ފްރާންސްގައި އެމްބާޕޭ ދައްކާ ކުޅުމާމެދު އަހަރެން ހިތްހަމަޖެހޭ،" ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯން ބުންޏެވެ.

އެމްބާޕޭ އަކީ އެފްރިކާގެ ފުޓްބޯޅަ ކުރިއެރުވުމުގައި ވެސް މިހާރު ދައުރެއް އަދާކުރަމުންދާ ކުޅުންތެރިއެކެވެ. އެފްރިކާގެ ފުޓްބޯޅަ ކުރިއެރުވުމަށް  އިންފަންޓީނޯ އާއި ފްރާންސްގެ ރައީސް އެމެނުއަލް މާކޮން ބޭއްވި ބައްދަލިވުމަށް އުމުރުން 23 އަހަރުގައި އެމްބާޕޭ އަށް ދައުވަތު ދިނެވެ. އެފްރިކާގެ ފުޓްބޯޅަ އަށް އެހީވާން އޭނާ ބޭނުންވަނީ އެމްޕާބޭގެ މައިންބަފައިންނަކީ އެފްރިކާ އަށް ނިސްބްތަވާ ބަޔަކަށްވީތީ އެވެ. ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރަން އެބައްރުގެ ކުރީގެ ތަރިންނާއެކު ފީފާގެ ރައީސް ޖިއާނީ