ދިވެހިންނާއި ވޯލްޑް ކަޕް
ތަށި ހޯދާނެ ޓީމަކާމެދު ދިވެހިންގެ ހިޔާލުހުރިގޮތް
މި ބައިގައި ބަލާލާފައިމިވަނީ އެކިދާއިރާތަކުގައި ވިދާލާފައިވާ ދިވެހި ފަންނާނުން މިފަހަރުގެ ވޯލްޑްކަޕާމެދު ފާޅުކޮށްފައިވާ ބައެއް ހިޔާލުތަކަށެވެ.
Line separator

ވޯލްޑްކަޕްގައި ސަޕޯރޓް ކުރަނީ ކޮން ޓީމަކަށް, ތަށި ހޯދާނީ ކޮން ޓީމެއް؟

  • ހަސަން ސާއިދު: ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ

އަބަދުވެސް ސަޕޯރޓް ކުރަނީ އާޖެންޓީނާއަށް. އާޖެންޓީނާގައި ވަރުގަދަ ސްކޮޑެއް އޮތުމުން ކުރިއަށް ވޯލްޑްކަޕް އާޖެންޓީނާ ކާމިޔާބުކުރާނެކަމުގެ އުއްމީދު ބޮޑު. މެސީ ކެރިއަރު ނިންމާލުމުގެ ކުރިން ވޯލްޑްކަޕް އުފުލާލާނެކަމަށް އުއްމީދުކުރަން. އެފުރުޞަތު ޤަތަރު ވޯލްޑްކަޕްގައި ބޮޑު.

  • މުޙައްމަދު އަޖުފާން: ރާއްޖޭގެ އެންމެ ކާމިޔާބު އެއް ބެޑްމިންޓަން ކުޅުންތެރިޔާ

 ފްރާންސް މިފަހަރުވެސް ތަށި ނަގާނީ. އެންމެބޮޑު ސަބަބަކީ ފްރާންސްގެ ސްކޮޑް ޑެޕްތް ބޮޑުވުން. އަނެއްކާ އެއީ އެންމެފަހުގެ ޗެމްޕިއަން ޓީމް. ފްރާންސްގައި އެހުރީ މިވަގުތު ކްލަބް ލެވެލްގައި ކުޅޭ އެންމެ މޮޅު ކުޅުންތެރިޔާ, ބެންޒިމާ. ފްރާންސް ވަރަށް ތަފާތުވާނެ. މުބާރާތަށް ދާއިރު ޓީމްގަނޑު ރަނގަޅުވާނެ. ފްރާންސްއަށް މިކަން ނުވެއްޖިއްޔާ އާޖެންޓީނާ ނަގާނީ. އެކަމަކު މަގޭ ޓީމަކީ ފްރާންސް.

  • ފާތިމަތު ޖޫޒާން ޒަރީރު; ޤައުމީ އަންހެން ވޮލީ ޓީމްގެ ސެޓަރު

އަބަދުވެސް ސަޕޯޓް ކުރަނީ ބްރެޒިލްއަށް, ފުޓްބޯޅަ ހާޑްކޯ ފޭނެއް މީ. ވޯލްޑްކަޕް ކާމިޔާބުކުރާނީ ބްރެޒިލް. އެވަރުގެ ސްކޮޑެއް އެބައޮތް. އެމީހުންގެ މެދާއި, ފޯވާޑް ލައިން ގުޅުން ވަރަށް ރަނގަޅު. މިވަގުތު އެންމެ ފޯމްގައި ތިބި ފޯވަޑުން ތިބީ ބްރެޒިލްގައި. ޖެސޫސް, ނޭމާ, ރިޗާލިސަންއަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް.

  • އާދަމް އަބުދުއްލަތީފް (ލައްޗޭ): ޤައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ އެއްވަނަ ފޯވާޑް

ލައްޗޭގެ ޓީމަކީ ހޮލެންޑް. އެކަމަކު ކުރިއަށް އޮތް ވޯލްޑްކަޕް އެއޮތީ އާޖެންޓީނާއަށް ދީފަ. އަހަރެމެން ބަލާ ބެލުމާއި, ފެންނަން ފެނުމަށް ބަލާއިރު އާޖެންޓީނާ ނަގާނެކަމަށް ބެލެވެނީ. މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރުވެސް އާޖެންޓީނާއަށް ތަށި ދީފަ އެއޮތީ.

  • އަހުމަދު މަހުލޫފް: މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް

އަބަދުވެސް ސަޕޯޓްކުރަނީ ބްރެޒިލްއަށް. ކުރިއަށް އޮތް ވޯލްޑްކަޕް ގެންދާނެކަމަށް ޤަބޫލުކުރަނީ ބްރެޒިލް. ބްރެޒިލްއަކީ އަބަދުވެސް ތަރިންގެ ޓީމެއް, ބެލެންސް ޓީމެއް. ބްރެޒިލްގެ މުޅި ސްކޮޑަކީވެސް ވަރުގަދަ އިތުބާރުކުރެވޭ ސްކޮޑެއް.

  • ބައްސާމް އަދީލް ޖަލީލް: އެފްއޭއެމްގެ ރައީސް

އަހަރެންގެ އެންމެ ފެވަރިޓް ޓީމަކީ ބްރެޒިލް. އެމަކު މިފަހަރު އާޖެންޓީނާ ތަށި ހޯދާނެ ކަމަށް ބެލެވޭ. ސަބަބަކީ މެސީ މިވަގުތު ކުލަބުގައި ކުޅެމުންދާ ރަނގަޅު ފޯމު. ހަމައެހެންމެ އާޖެންޓީނާގެ ފޯމު ވެސް ވަރަށް ރަނގަޅު. އާޖެންޓީނާގެ ހުރިހާ ކުޅުންތެރިންނާއި މުޅި ޓީމު ވެސް އެތިބީ މެސީ އަށްޓަކައި ތަށި ހޯދަން ތައްޔާރަށް. މިއީ އެހެން ޓީމުތަކުން ނުފެންނަ ކަމެއް.

  • މަރިޔަމް އައްޒަ: ފިލްމީ ފަންނާނެއް

ބްރެޒިލް, ބްރެޒިލް. އައްޒަގެ ޓީމަކީ ބްރެޒިލް. އަބަދުވެސް ސަޕޯޓްކުރެވެނީ ބްރެޒިލްއަށް. ވޯލްޑްކަޕް ބްރެޒިލް ކާމިޔާބުކުރާނެކަމަށް އުއްމީދުކުރަނީ.

  • އަބުދުالله މުއާޒު: ފިލްމީ ފަންނާނެއް

ވޯލްޑްކަޕްގެ ފައިނަލް ކުޅޭނީ ޕޯޗްގަލްއާއި ބްރެޒިލް. ތަށި ނަގާނީ ބްރެޒިލް. އެއީ ޝައްކެއް އޮތްކަމެއްނޫން. ބްރެޒިލްގެ ސްކޮޑަކީ މިފަހަރުގެ އެންމެ ވަރުގަދަ ސްކޮޑް. އެއީ އަހަރެންގެ ފެވަރިޓް ޓީމް އަބަދުވެސް. މިހާރު އޮތް ސްކޮޑަކީ މިހާރު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ސްކޮޑް. ބްރެޒިލްއާ ދޭތެރޭ ކުރެވޭ އުއްމީދު ވަރަށް ބޮޑު. ފަހުގެ ތާރީޚުގައި އޮތް އެންމެ ކޮމްޕްލީޓް ރަނގަޅު ސްކޮޑް އެއޮތީ ބްރެޒިލްގަ. އެކަން އެހެން ޓީމްތަކުގެ ސަޕޯޓަރުންވެސް ޤަބޫލުކުރާނެ.

  • މުޙައްމަދު ނަދީމް: ޤައުމީ ޓީމްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިއެއް އަދި ވޮލީ ކުޅުންތެރިއެއް

އަޅުގަނޑަށް ހަމަ ބްރެޒިލް މިފަހަރު ތަށި ގެންދާނެކަމަށް ބެލެވެނީ. ވަރަށް ދުވަސް ވެއްޖެ ބްރެޒިލްއަށް ތަށި ނުލިބޭތާ. ދުނިޔޭގެ ބޮޑަތި ލީގުތަކުގައި ކުޅޭ ޒުވާން ކުޅުންތެރިންނަށް ބަލާއިރު ބްރެޒިލްގެ ކުޅުންތެރިން ވަރަށް ވިދާ. އެހެންވީމަ އުއްމީދުކުރެވެނީ އެކުޅުންތެރިންގެ ފަރާތުން ނަތީޖާ ނެރޭނެކަމަށް. ދެން އަބަދުވެސް ބްރެޒިލްއަށް ސަޕޯރޓްވެސް ކުރެވޭތީ ބްރެޒިލް ތަށި ހޯދުން އެދެނީ.

  • މުޙައްމަދު މަހުފޫޒް: ޤައުމީ ކްރިކެޓް ޓީމްގެ ކެޕްޓަން

ބްރެޒިލްއަށް ސަޕޯރޓް ކުރަނީ. ބްރެޒިލް ޓީމްގެ ކުޅުންތެރިން ތިބީ ވަރަށް ފޯމްގައި, އެންތޮނީ, ނޭމާ, ކަސެމީރޯވެސް ވަރަށް ފޯމްގައި ހުރިތަން ފެންނަނީ. އަބަދުވެސް ބްރެޒިލުން ރަނގަޅު ކާމިޔާބީއެއް ގެންނާނެކަމަށް ބަލަނީ. ޤަތަރު ވޯލްޑްކަޕަކީ އަނެއްކާވެސް ބްރެޒިލްގެ ފަހަރެއްކަމަށް އުއްމީދުކުރެވޭ.

  • ފާތިމަތު ރިޝްމާ: ޤައުމީ ބާސްކެޓްބޯޅަ ޓީމްގެ ކެޕްޓަން

ސަޕޯރޓް ކުރަނީ އާޖެންޓީނާއަށް. މިފަހަރުގެ ވޯލްޑްކަޕް އާޖެންޓީނާ ކާމިޔާބުކުރަން ވަރަށް ބޮޑަށް އެދެން, އުއްމީދުވެސް ކުރަން. އެއީ މެސީގެ ފަހު ވޯލްޑްކަޕަށް ވުމުން. މެސީގެ ކެރިއަރުގައި ވޯލްޑްކަޕް ތަށި އުފުލާލާތަން ދެކެން ބޭނުން.

  • ތަމޫހު އަހުމަދު ސައީދު: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ

ކުޑައިރު ފުޓްބޯޅަ ބަލަން ފެށީންސުރެ, ކުޅެން ފެށީއްސުރެވެސް އަޅުގަނޑަކީ ބްރެޒިލްގެ ސަޕޯޓަރެއް. ޑުންގާ, ބެބޭޓޯ, ރޮމާރިއޯ, އަކީ އަޅުގަނޑުގެ ފެވަރިޓް ކުޅުންތެރިން. އަޅުގަނޑު 8 ނަމްބަރު ޖަރޒީ އިހުތިޔާރުކުރި ސަބަބަކީވެސް ޑުންގާ. ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދާނެކަމަށް އުއްމީދުކުރަނީ ބްރެޒިލް.

Squares separator
އިތުރު ލިޔުން