ވޯލްޑްކަޕާއި ގަތަރު
އިނާމް ފައިސާ އަށް 1 ބިލިއަން، ޗެމްޕިއަން ޓީމަށް 45 މިލިއަން ޑޮލަރު
މި ފައިސާގެ ތެރެއިން 440 މިލިއަން ޑޯލަރު ހޭދަކުރާނީ ގައުމުތަކުގެ ޕާފޯމަންސަށެވެ. ބާކީ 660 މިލިއަން ޑޮލަރަކީ ހިލޭ އެހީ އާއި ޗެރިޓީ އަދި ވޯލްޑްކަޕް ކުޅޭ ކުޅުންތެރިން ނިސްބަތްވާ ކުލަބުތަކަށްދޭ ފައިސާ އާއި ކުޅުންތެރިންގެ އިންޝުއަރެންސް ފަދަ ކަންކަމަށް ހޭދަކުރާނެ ފައިސާ އެވެ.
Line separator

ގަތަރުގައި ނޮވެމްބަރު މަހު ފަށާ ދުނިޔޭގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތުގެ އިނާމް ފައިސާގެ ގޮތުގައި 1 ބިލިއަން ޑޮލަރު ދޭން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ނިންމައިފި އެވެ.

އެ ޖަމާއަތުން ބުނީ 1 ބިލިއަން ޑޮލަރަކީ ރަޝިޔާގައި 2018 ވަނަ އަހަރު ބޭއްވި 21 ވަނަ ފީފާ ވޯލްޑްކަޕް މުބާރާތުގައި ދީފައިވާ ފައިސާއަށްވުރެ 29 ޕަސެންޓް ގިނަ އަދަދެއް ކަމަށެވެ.

މި ފައިސާގެ ތެރެއިން 440 މިލިއަން ޑޯލަރު ހޭދަކުރާނީ ގައުމުތަކުގެ ޕާފޯމަންސަށެވެ. ބާކީ 660 މިލިއަން ޑޮލަރަކީ ހިލޭ އެހީ އާއި ޗެރިޓީ އަދި ވޯލްޑްކަޕް ކުޅޭ ކުޅުންތެރިން ނިސްބަތްވާ ކުލަބުތަކަށްދޭ ފައިސާ އާއި ކުޅުންތެރިންގެ އިންޝުއަރެންސް ފަދަ ކަންކަމަށް ހޭދަކުރާނެ ފައިސާ އެވެ.

1 ބިލިއަން ފައިސާ ހޭދަކުރާނެ ގޮތް:

  • ވޯލްޑްކަޕުގެ އިނާމް ފައިސާ އަށް 440 މިލިއަން ޑޮލަރު
  • މުބާރާތަށް ގައުމުތައް ތައްޔާރުވުމަށް 70 މިލިއަން ޑޮލަރު
  • ކުޅުންތެރިން ނިސްބަތްވާ ކުލަބު ބެނިފިޓް ޕްރޮގްރާމަށް 310 މިލިއަން ޑޮލަރު
  • ކުލަބު ޕްރޮޓެކްޝަން އަދި އިންޝުއަރެންސްފީ: 220 މިލިއަން ޑޮލަރު

ފީފާއިން ފައިސާ ހޯދަނީ ކިހިނެތް؟

މުބާރާތަށް އިނާމްގެ ގޮތުގައި ދޭން ފީފާއިން ފައިސާ ހޯދާފައިވަނީ ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހިންގި ހަރަކާތްތަކުންނެވެ. މި ގޮތުން ފީފާއިން ވަނީ މިދިޔަ ހަތަރު އަހަރު ތެރޭގައި 7 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދައިފަ އެވެ. އެއީ ޓީވީ އަދި މީޑިއާ ރައިޓްސްއިން 3.5 ބިލިއަން ޑޮލަރު، ސްޕޮންސާޝިޕާއި ވިޔަފާރީގެ ހަރަކާތްތަކުން 2.4 ބިލިއަން ޑޮލަރު އަދި ޓިކެޓާއި ހޮސްޕިޓަލިޓީއިން 1.1 ބިލިއަން ޑޮލަރުގެ އިތުރުން ލައިސަންސް ފީގެ ގޮތުގައި ލިބުނު 890 މިލިއަން ޑޮލަރެވެ. މި ފައިސާގެ ތެރެއިން ފީފާއިން ވަނީ ގަތަރުގެ ތައްޔާރުވުންތަކަށް އެ ގައުމަށް 180 މިލިއަން ޑޮލަރު ދީފަ އެވެ.  

ވޯލްޑްކަޕުގައި ޓީމުތަކަށް ފައިސާ ބަހާނެ ގޮތް:

  • ޗެމްޕިއަން ޓީމަށް: 45 މިލިއަން ޑޮލަރު
  • ރަނަރަބް ޓީމަށް: 32 މިލިއަން ޑޮލަރު
  • ތިން ވަނަ ޓީމަށް: 26 މިލިއަން ޑޮލަރު
  • ހަތަރު ވަނަ ޓީމަށް: 22 މިލިއަން ޑޮލަރު
  • ކުއާޓާ ފައިނަލުން ބަލިވާ ކޮންމެ ޓީމަކަށް: 16 މިލިއަން ޑޮލަރު
  • ދެ ވަނަ ބުރުން ބަލިވާ ކޮންމެ ޓީމަކަށް: 12 މިލިއަން ޑޮލަރު
  • ގްރޫޕް ސްޓޭޖުން ކަޓާ ކޮންމެ ޓީމަކަށް: 8 މިލިއަން ޑޮލަރު
  • ކޮންމެ ގައުމަކުން މުބާރާތަށް ތައްޔާރުވުމަށް: 2.5 މިލިއަން ޑޮލަރު
Squares separator
ވޯލްޑްކަޕާއި ގަތަރު