Costa Rica Flag Costa Rica Flag
ކޮސްޓަރިކާ
ދުނިޔޭގެ ރޭންކިންގް
31

ސަރަހައްދީ ކާމިޔާބީ

ކޮންކާކަޕް ގޯލްޑްކަޕް ތިން ފަހަރު

ވޯލްޑް ކަޕް ކުޅުނު އަދަދު

5

ޗެމްޕިއަންކަން ހޯދި އަދަދު

0

އެންމެ ގިނަ ލަނޑުޖެހީ

ރޮލާންޑޯ ފޮންސޭކާ

އެންމެ ގިނަ މެޗު ކުޅުނީ

ސެލްސޯ ބޯގެސް

އާބާދީ

4.8 މިލިއަން މީހުން

ބަސް

ސްޕެނިޝް

ފައިސާ

ކޯލަން
ތައާރަފް

ކޮސްޓަރިކާ އަކީ ކެރީބިއަން އަދި ޕެސިފިކް ކަނޑުގައި ޕެނަމާ އާއި ނިކަރާގުއާއާ ދެމެދުގައި އޮތް ކުޑަކުޑަ ގައުމެކެވެ. އެއީ މި ސަރަހައްދުގައި ސިޔާސީގޮތުން އެންމެ ބޮޑަށް ހަމަޖެހުން ގާއިމްވެފައި އޮތް ގައުމެކެވެ. 1948 ގައި ގައުމުގެ އަސްކަރިއްޔާ އުވާލިފަހުން ކޮސްޓަރިކާގައި ދާއިމީ ގޮތެއްގައި ސިފައިން ނުތިބެއެވެ. މި ސަރަހައްދުގައި ދިރިއުޅުމުގެ އެންމެ އަގުމަތި އެއް ގައުމަކީވެސް ކޮސްޓަރިކާ އެވެ. ގުދުރަތީ މުއްސަނދިކަން އިންތިހާއަށް ލިބިފައިވާ ކޮސްޓަރިކާއަށް އަހަރަކު އެތައް ބަޔަކު އެގައުމުގެ ސަގާފަތާއި އާދަކާދަ އާއި އާސާރީ ތަންތަނާއި ފަތުރުވެރި މަންޒިލްތަކަށް ޒިޔާރަތްކުރެއެވެ. ދޮންކޭލާއި ކޮފީ ހެއްދުމުގައި މަޝްހޫރު ގައުމެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކޮސްޓަރިކާގެ މައިގަނޑު އާމްދަނީ ގުޅިފައިވަނީ ވެސް ފަތުރުވެރިކަމާއެވެ. ކޮސްޓަރިކާގެ މައި ބަހަކީ ސްޕޭން ބަހެވެ. 

ލެޓިން އެމެރިކާގައި އެންމެ ބޮޑު މީޑިއާގެ މިނިވަންކަމެއް އޮތީ ވެސް ކޮސްޓަރިކާގައެވެ. ސަރުކާރާއި އަމިއްލަ މީހުންގެ ޓީވީ ސްޓޭޝަންތަކާއި ރޭޑިއޯ އާއި ނޫސްތައް ހިމެނޭގޮތަށް އެގައުމުގެ މީޑިއާ ނުހަނު ހަރަކާތްތެރިއެވެ. ހަތަރު މިލިއަނަށްވުރެ ގިނަ މީހުން އިންޓަނެޓް ބޭނުންކުރެ އެވެ. ގައުމުގެ އެންމް މަޝްހޫރު ކުޅިވަރަކީ ފުޓްބޯޅައެވެ.

ޓެކްޓިކްސް:

ކޮސްޓްރިކާގެ ކޯޗުކަމާ ލުއިސް ފެނާންޑޯ ސުއަރޭޒް ހަވާލުވުމަށްފަހު ފަހަތުގައި ހަތަރު ޑިފެންޑަރުން ލައްވައި ކުޅުވަން ފެށިއެވެ. ގިނަ ފަހަރަށް އޭނާ ކުޅުވަނީ ފަހަތުގައި ފަސް މީހުން ބައިތިއްބައިގެން 5-4-1 އަށެވެ. މީގެ ބޭނުމަކީ ދެ އަރިމަތިން އެމީހުންގެ ސްޕީޑްގެ ބޭނުން ކައުންޓަ އެޓޭކްތަކުގައި ކުރުމެވެ. ޖަރުމަނާއި ސްޕޭން ހިމެނޭ ގްރޫޕެއްގައި ކުޅެން އެންމެ އެކަށީގެންވަނީ ވެސް މި ފޯމޭޝަނަށް ކަމަށް ކޯޗު ދެކެއެވެ.

އަލަށް ވިދާލާނީ ކާކު؟

ޖީލެއް ބަދަލުކުރުމަކީ އުނދަގޫކަމެކެވެ. 2014 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ހީރޯއިން މިހާރު ތިބީ އުމުރުން ދުވަސްވެފައެވެ. ކޭލާ ނަވާސް އާއި ކެމްބެލް، އޮސްކާ ޑުރާޓޭ އާއި ސެލްސޯ ބޯހާސް އާއި ފްރާންސިސްކޯ ކަލްވޯ އާއި ބްރަޔަން ރުއިޒް ފަދަ ކުޅުންތެރިންނަކީ އަދިވެސް ޓީމުގެ މުހިންމު މަގާމުތަކުގައި ތިބި ކުޅުންތެރިންނެވެ. އެކަމަކު މި ކުޅުންތެރިންނަށް ރަނގަޅު ވޯލްޑްކަޕެއް ލިބެން އޮތީ ވިންގަށް ކުޅޭ ގާސޮން ޓޮރޭޒް އާއި ފޯވަޑް އެންތަނީ ކޮންޓްރޮރާސް ފަދަ ޒުވާން ކުޅުންތެރިން މޮޅަށް ކުޅެގެން ކަމަށް ކޯޗު ގަބޫލުކުރެއެވެ.

1990 ވަނަ އަހަރު ޗެކޮސްލަވާކިޔާއާ ދެކޮޅަށް ކޮސްޓަރިކާ ކުޅުނު މެޗުގެ ތެރެއިން: ކޮސްޓަރިކާ ބަލިވީ 4-1އިން
1990 ވަނަ އަހަރު ޗެކޮސްލަވާކިޔާއާ ދެކޮޅަށް ކޮސްޓަރިކާ ކުޅުނު މެޗުގެ ތެރެއިން: ކޮސްޓަރިކާ ބަލިވީ 4-1އިން

ވޯލްޑް ކަޕުގެ ތާރީހް:

ކޮސްޓަރިކާ ވަނީ ފަސް ފަހަރު ވޯލްޑްކަޕުގައި ކުޅެފައެވެ. އެންމެ ފުރަތަމަ ކުޅުނީ 1990 ވަނަ އަހަރުއެވެ. އެއަހަރު ގަދަ 16 އިން ފުރުސަތު ލިބުނު ނަމަވެސް ޖެހިގެން އައި ދެ ވޯލްޑްކަޕަށް ކޮލިފައިނުވިއެވެ. އަދި 2002 ވަނަ އަހަރާއި 2006 ވަނަ އަހަރު ފުރަތަމަ ބުރުން ފޭލްވިއެވެ. ނަމަވެސް 2014 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލް ކުޅުނެވެ. މިއީ ވޯލްޑްކަޕުގައި އެ ގައުމުގެ އެންމެ ފުރިހަމަ ކާމިޔާބީއެވެ. އެންމެ ފަހުގެ ވޯލްޑްކަޕުގައި ވެސް ކެޓީ ފުރަތަމަ ބުރުންނެވެ.

ވޯލްޑް ކަޕަށް ކޮލިފައިވީ ގޮތް:

ކުޅުނު: 15 މެޗު

މޮޅުވި: 9

ބަލިވި: 2

އެއްވަރުވި 4

ކޮސްޓަރިކާ ވޯލްޑްކަޕަށް ކޮލިފައިވީ ޕްލޭއޯފް ކުޅެގެންނެވެ. ކޮންކާކަފް ސަރަހައްދުގެ ހަތަރު ވަނަ ޓީމުގެ ގޮތުން އެމީހުންނަށް ޕްލޭއޯފް ކުޅެން ޖެހުނީ އޭޝިޔާ ސަރަހައްދުން ނިއުޒީލޭންޑާއެވެ. އެ މެޗު ކޮސްޓަރިކާ ކާމިޔާބު ކުރީ ލަނޑެއްގެ ތަފާތުންނެވެ.

އެންމެ މުހިންމު 3 ކުޅުންތެރިން:

1. ބްރަޔަން ރުއިޒް

ކޮސްޓަރިކާ ލީގުގެ އަލަޖުއެލެންސްއަށް ކުޅެމުން އަންނަ ބްރަޔަން ރުއިޒް އަކީ ކޮންކާކަފް ސަރަހައްދުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 143 މެޗުން 29 ގޯލު ޖަހާދީފައެވެ. އުމުރުން މިހާރު 37 އަހަރުގެ އެޓޭކިން މީޑްފީލްޑަރުގެ ފަހު ވޯލްޑްކަޕަކީ މިއީ އެވެ. މިހެންވެ އޭނާގެ އުއްމީދަކީ މީގެ ކުރިން ދުވަހަކު ވެސް ގައުމީ ޓީމަށް ނުދެވޭހާދުރަށް ޓީމާއިގެން ދަތުރުކުރުމެވެ.

2. ކޭލާ ނަވާސް

ގޯލްކީޕަރު ކޭލާ ނަވާސް އަކީ މި ޓީމުގެ އެންމެ ވިދުންގަދަ ތަރި އެވެ. ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ކީޕަރަކީ ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ތިން ފަހަރު ހޯދި އިރު އެ ޓީމުގެ އަންގި ލައްވައިގެން ހުރި ކީޕަރެވެ. އޭނާއަށް ރެއާލް ދޫކޮށް ޕީއެސްޖީއަށް ދާން ޖެހުނީ އޭނާއަށްވުރެ މަޝްހޫރުކަން ބޮޑު ޒުވާން ކީޕަރުންނަށް ފުރުސަތު ދިނުމަށެވެ. އަދި ޕީއެސްޖީގެ ޓީމަށް މި ސީޒަނުގައި އޭނާ ނާރަނީވެސް ފެންވަރު ނެތިގެންނެއްނޫނެވެ. ޒުވާން ކީޕަރު ޑޮނަރޫމާއަށް ޖާގަ ދޭން ޓީމުގެ މެނޭޖްމަންޓަށް މަޖުބޫރުވާތީއެވެ.

3. ޖޮއެލް ކެމްބެލް

ޖޮއެލް ކެމްބެލް އަކީ މެކްސިކޯގެ މޮންޓެރޭއަށް ކުޅެމުން އަންނަ ފޯވަޑެކެވެ. ކޮސްޓަރިކާއަށް ވޯލްޑްކަޕުން ޖާގަ ލިބުނީ ނިއުޒީލޭންޑް ކޮޅަށް އޭނާ ޖެހި ގޯލުންނެވެ. އެކަމަކު އޭނާ އަކީ ޔޫރަޕުން ގިނަ ފުރުސަތުތަކެއް ލިބި ހިފަހައްޓާނުލެވުނު ކުޅުންތެރިއެކެވެ. އިނގިރޭސިވިލާތުގެ އާސެނަލް އާއި ސްޕޭނުގެ ވިޔަރެއާލްއާއި ރެއާލް ބެޓިސް އަދި ގްރީސްގެ އޮލިމްޕިއާކޯސްއިން ފުރުސަތު ލިބުނަސް އޭނާއަށް ފެންވަރު ދައްކާނުލެވުނެވެ. އެކަމަކު ގައުމީ ޓީމުގައި އޭނާ ވަނީ މިހާތަނަށް 117 މެޗުން 25 ގޯލު ޖަހައިފައެވެ.

ކޮލަމްބިއާގެ ލުއިސް ފެނާންޑޯ ސުއަރޭޒް
ކޮލަމްބިއާގެ ލުއިސް ފެނާންޑޯ ސުއަރޭޒް

ކޯޗު:

ކޮސްޓަރިކާގެ ކޯޗު ކޮލަމްބިއާގެ ލުއިސް ފެނާންޑޯ ސުއަރޭއަކީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ގަދަ 16 އަށް އިކުއެޑޯ ގެންގޮސްދިން ކޯޗެވެ. އޭނާއަށް ކޯޗިންގައި މިހާތަނަށް ލިބުނީ އެންމެ ތައްޓެކެވެ. އެއީ 1999 ވަނަ އަހަރުގެ ކޮލަމްބިއާގެ ލީގުގެ ޗެމްޕިއަންކަން ހޯދުމެވެ. އޭނާ ވަނީ މީގެ ކުރިން ހޮންޑިއުރަސްގެ ކޯޗުކަން ވެސް ކޮށްފައެވެ. އޭނާ ކޮސްޓަރިކާގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.

މެޗުތައް
Nov, 23 2022 21:00
އަލްތުމާމާ ސްޓޭޑިއަމް
Nov, 27 2022 15:00
އަހުމަދުބިން އަލީ ސްޓޭޑިއަމް
Dec, 02 2022 00:00
އަލްބައިތް ސްޓޭޑިއަމް