Wales Flag Wales Flag
ވޭލްސް
ދުނިޔޭގެ ރޭންކިންގް
19

ސަރަހައްދީ ކާމިޔާބީ

ނެތް

ވޯލްޑް ކަޕް ކުޅުނު އަދަދު

1

ޗެމްޕިއަންކަން ހޯދި އަދަދު

0

އެންމެ ގިނަ ލަނޑުޖެހީ

ގެރެތް ބޭލް

އެންމެ ގިނަ މެޗު ކުޅުނީ

ކްރިސް ގަންޓާ

އާބާދީ

2.9 މިލިއަން މީހުން

ބަސް

އިނގިރޭސި

ފައިސާ

ސްޓާލިން ޕައުންޑް
ތައާރަފް

ވޭލްސް އަކީ ޔުނައިޓެޑް ކިންގްޑަމްގެ ދަށުގައިވާ އެއް ގައުމެވެ. ނަމަވެސް އެގައުމުގެ ދިދާގައިވާ ރެޑް ޑެރްގަން އިން ބުނެދެނީ އެމީހުންގެ ޖެހިލުން ކުޑަކަމާއި އެއްވެސް ކަމެއްގައި އެމީހުން ފަހަތަށް ނުޖެހޭނެ ކަމެވެ. ވޭލްސްގައި ނެރެނީ އެންމެ ނޫހެކެވެ. އެގައުމުގެ ހަބަރުތައް ކަވަރުކުރަނީ އިނގިރޭސި މީޑިއާތަކުންނެވެ. ގައުމުގެ ރަސްމީ ބަހަކީ އިނގިރޭސިބަހެވެ. ޕޮލެންޑުން ޔޫރަޕިއަން ޔޫނިއަންއާ ގުޅުނުފަހުން އެގައުމުން ވޭލްސްއަށް ހިޖުރަކުރާ މީހުންގެ އަދަދު ވަނީ ވަރަށް ގިނަވެފަ އެވެ. މިހެންވެ ގައުމުގެ ތިންވަނަ ބަހަކީ މިހާރު ޕޮލެންޑް ބަހެވެ. ވޭލްސްގެ އެންމެ މަގުބޫލު ކުޅިވަރަކީ ފުޓްބޯޅައެވެ. ނަމަވެސް ވޭލްސްގެ ވިދުން ގަދައީ ރަގްބީގައެވެ. ވޭލްސްގައި އަމިއްލަ ފުޓްބޯޅަ ލީގެއްވެސް އޮވެއެވެ. އެކަމަކު ސަގާފީ އަދި ކުރީގެ އާދަކާދައިގެ ދަށުން ޒަމާންވީ ފަސް ޓީމެއް އިނގިރޭސި ލީގުތަކުގައި ކުޅެމުންދެ އެވެ.

ޓެކްޓިކްސް:

ވޭލްސްގައި ތިބި ކުޅުންތެރިންނަށް މިހާތަނަށް އެންމެ ކަމުދިޔަ ސިސްޓަމަކީ 3-4-2-1 ގެ ފޯމޭޝަނެވެ. މި ސިސްޓަމް ކަމުދިޔައީ ދެ އަރިމަތިން އެޓޭކްކުރުމަށް ގެރެތް ބޭލް އާއި ބެރްނަން ޖޯންސަން ނުވަތަ ޑޭން ޖޭމްސްގެ ސްޕީޑާއި ހަކަތަ އެންމެ ރަނަޅަށް ބޭނުންކުރެވެނީ މިގޮތަށް ރޭވިގެން ކަމަށްވާތީއެވެ. މި ފޯމޭޝަނަށް ކުޅޭއިރު ވިންގް ބެކުން އެޓޭކްގައި ބައިވެރިވިޔަދިނުމަށް ދެ މިޑްފީލްޑަރުން ކަމަށްވާ ޖޯ އެލަން އާއި އާރޮން ރަމްސޭ މުހިންމު ދައުރެއް އަދާކުރާނެއެވެ.

ފިޓްނަސްގެ މައްސަލަ ބޮޑު:

ވޭލްސްގެ ގިނަ ކުޅުންތެރިން މުޅިން ފިޓެއްނޫނެވެ. ބޭލް އާއި ރަމްސޭ އަދި އަލެން އަކީ މުޅިން ފިޓްނުވާ އެކަމަކު އެންމެ މުހިންމު ކުޅުންތެރިންނެވެ. މީގެ ސަބަބުން ކުލަބު ލެވެލްގައި ގިނަ މެޗުތަކެއް ނުކުޅެ މި ކުޅުންތެރިން ވޯލްޑްކަޕް ފަދަ ބޮޑު މުބާރާތެއްގައި މޮޅަށް ކުޅޭނެ ގޮތަކީ ކޮބައިކަމާމެދު ކޯޗު ފިކުރުކުރަންވަނީ ޖެހިފައެވެ. މީގެ އިތުރަށް ރަމްސޭއަށް އެންމެ އެކަށީގެންވާ މަގާމަކީ ކޮބައިކަމާމެދުވެސް ވަނީ ސުވާލު އުފެދިފަ އެވެ. އާއްމުކޮށް އޭނާގެ މޮޅު ކުޅުން ފެންނަނީ ފޯވަޑެއްގެ ފަހަތުންނެވެ. އެކަމަކު ކޯޗުގެ ގޭމް ޕެލޭނުގައި ރަމްސޭއަށް ދީފައިވަނީ މެދުތެރެއިން ފަހަތަށް ބަރޯސާވެގެން ހުންނަ ރޯލެކެވެ. މިހެންވެ އޭނާގެ މޮޅު ކުޅުން ނުދެއްކޭ ކަމަށް ރަމްސޭ ވެސް ގަބޫލުކުރެއެވެ.

ވޯލްޑް ކަޕުގެ ތާރީހް:

ވޭލްސް ވޯލްޑްކަޕުގައި ކުޅެފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 1958 ވަނަ އަހަރުއެވެ. ޖުމުލަ 16 ގައުމު ވާޑަކުރި މި މުބާރާތުގެ ކުއާޓާ ފައިނަލަށް ވޭލްސް ދަތުރުކުރީ މުބާރާތް ބޭއްވި ގައުމު ކަމަށްވާ ސްވިޑްންގެ ފަހަތުން ގްރޫޕް ސީގެ ދެ ވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕުން ކެޓީ މެކްސިކޯ އާއި ހަންގޭރީއެވެ. ވޭލްސް ކުއާޓާ ފައިނަލަށް ދިޔަ މައިގަނޑު ސަބަބަކަށްވީ ގްރޫޕުގެ ފަހު މެޗުގައި ހަންގޭރީގެ މައްޗަށް ހޯދި 2-1 ގެ ކާމިޔާބީ އެވެ. މިއީ އެ ގައުމުގެ ވޯލްޑްކަޕުގެ ފުރަތަމަ މޮޅުވެސްމެއެވެ. އެ މުބާރާތަށްފަހު ވޭލްސްގެ ފުރަތަމަ ވޯލްޑްކަޕަކީ މި ފަހަރުގެ މުބާރާތެވެ. މިހެންވެ އެ މީހުންވާނީ ވޯލްޑްކަޕަށް ވަރަށް ބީރައްޓެހި ގައުމަކަށެވެ.  

ވޯލްޑް ކަޕަށް ކޮލިފައިވީ ގޮތް:

ކުޅުނު: 10 މެޗު

މޮޅުވި: 8

ބަލިވި: 0

އެއްވަރުވި 2

ވޭލްސް ވޯލްޑްކަޕަށް ކޮލިފައިވީ ޕްލޭއޯފް ކުޅެގެންނެވެ. އެއީ ބެލްޖިއަމް ހިމެނުނު ގްރޫޕުގެ ދެ ވަނައަށް ދިއުމުންނެވެ. މި ދެ ގައުމުގެ އިތުރުން ޗެލްރިޕަބްލިކާއި އެސްޓޯނިއާ އަދި ބެލަރޫސް ހިމެނުނު ކޮލިފައިން ގްރޫޕުގައި ބެލްޖިއަމްގެ ފަހަތުން ދެ ވަނައަށް ވަރަށް ގާތުން ވާދަކޮށް ވޭލްސް އަށް ކުރި ލިބުނީ ޕޮއިންޓެއްގެ ތަފާތުންނެވެ. ޕްލޭއޯފްގައި ވޭލްސް ފުރަތަމަ ކުޅުނީ އޮސްޓްރިއާއާއެވެ. އެ މެޗު 2-1 އިން ކާމިޔާބުކޮށް ވޯލްޑްކަޕުގެ ޖާގަ ކަށަވަރުކުރީ ޕްލޭއޯފްގެ ފަހު މެޗު ޔުކްރޭނުގެ މައްޗަށް 1-0 އިން ކާމިޔާބު ހޯދައިގެންނެވެ. މި މެޗު ޔުކްރޭނުން ކުޅުނީ ރަޝިޔާއިން އެ ގައުމަށް އަރައި ހަނގުރާމަކުރަން ފެށުމުގެ ސަބަބުން މޮޅިވެރިކަމެއްގެ ތެރޭގައި ތިބެގެންނެވެ.

އެންމެ މުހިންމު 3 ކުޅުންތެރިން:

ގެރެތް ބޭލް

ގެރެތް ބޭލް އަކީ ވޭލްސް ޓީމުގައި ހުރި އެންމެ އަލިގަދަ ތަރި އެވެ. އޭނާގެ ޕީކްގައި ޔޫރަޕުގައި ހުރި އެންމެ ދުވެލިބާރު އެއް ކުޅުންތެރިޔާއެވެ. ޓޮޓެންހަމުން ރެކޯޑް އަގަކަށް ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވެ އެކުލަބުގައި ފަސް ފަހަރު ޗެމްޕިއަންސް ލީގު ހޯދިއެވެ. ނަމަވެސް މެޑްރިޑުގެ ފަހު ތިން އަހަރު އޭނާ ހޭދަކުރީ ހިތްދަތި ވަގުތުތަކެކެވެ. ތަށިތައް ހޯދީ ބެންޗު ފަޅުފިލުވައިދޭ ކުޅުންތެރިއެއްގެ ގޮތުގައި އިނދެގެންނެވެ. 2016 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލަށް ވޭލްސް ގެންގޮސްދިނުމުގައި މޮޅަށް ކުޅެދިން ނަމަވެސް މިހާރު އޭނާއަށް ގައުމީ ޓީމުގައި ވެސް މާއެދެވޭ ކުޅުމެއް ދެއްކޭ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. އެކަމަކު ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ދައްކާ ކުޅުމެއްގެ މައްޗަށް ވޭލްސްގެ ކާމިޔާބީ ބުރަވުން އެކަށީގެންވެ އެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 108 މެޗުން 40 ގޯލު ޖަހާފަ އެވެ.

ޑެނީ ވާޑް

ޑެނީ ވާޑަކީ ވޭލްސްގެ އެއްވަނަ ކީޕަރެވެ. އޭނާ މިހާރު ކުޅެމުންދަނީ އިނގިރޭސި ކުލަބު ލެސްޓާ ސިޓީއަށެވެ. ލިވަޕޫލްގެ ރިޒާވް ކީޕަރެއްގެ ގޮތުގައި ވެސް ފެނިގެންދިޔަ ވާޑް ފުރަތަމަ ގައުމީ ޓީމަށް ކުޅުނު ބޮޑު މުބާރާތަކީ 2016 ވަނަ އަހަރުގެ ޔޫރޯ އެވެ. އޭނާ އަކީ ވޭލްސްގެ އެކިއެކި އުމުރުފުރާތަކުގެ ގައުމީ ޓީމުގައި ވަރަށް ރަނގަޅަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 26 މެޗު ކުޅެދީފަ އެވެ.

ކްރިސް ގަންޓާ

ކްރިސް ގަންޓާ އަކީ ވޭލްސްގެ ޓީމުގެ ވަރަށް މުހިންމު ޑިފެންޑަރެކެވެ. ދެ ފައިން ވެސް އެއްވަރަކަށް ކުޅޭ ކުޅުންތެރިއެކެވެ. އެޓޭކާއި ޑިފެންސްގައި ވެސް ވަރަށް ރަނގަޅަށް ބައިވެރިވާ ޑިފެންޑަރެކެވެ. މީގެ އެއް ސަބަބަކީ އޭނާގެ ޅައުމުރުގައި ފޯވަޑަކަށް ކުޅެފައިވާތީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދީފައިވަނީ ވެސް އޭނާ އެވެ. އެއީ ޖުމުލަ 109 މެޗެވެ. އޭނާ ވަނީ 2017 ވަނަ އަހަރު ވޭލްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

ކޯޗު ރޮބް ޕޭޖް
ކޯޗު ރޮބް ޕޭޖް

ކޯޗު:

ވޭލްސްގެ ކޯޗު ރޮބް ޕޭޖް އަކީ ޕްރެމިއާ ލީގުގެ މެދުފަންތީގެ ޓީމުތަކަށް ވަރަށް ރަނގަޅަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ ވޭލްސްގެ ގައުމީ ޓީމަށް ވެސް 41 މެޗޗު ކުޅެދީފަ އެވެ. ކުޅުންތެރިއެއްގެ ގޮތުގައި މާބޮޑު މަޝްހޫރުކަމެއް ނުލިބުނު ނަމަވެސް ކޯޗެއްގެ ގޮތުގައި އޭނާ ގައުމީ ޓީމާ ހަމައަށް ދަތުރުކުރީ ވަރަށް އަވަހަށެވެ. އޭނާ ކޯޗިން ކެރިއަރު ފެށީ 2014 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ ގައުމީ ޓީމުގެ ފުރުސަތަކަށް ލިބުނީ 2017 ވަނަ އަހަރު ވޭލްސްގެ 21 އަހަރުން ދަށުގެ ޓީމުގެ ފުރުސަތެވެ. އެ ޓީމުގައި ދެ މަސްވީތަނާ އޭނާ ގައުމީ ޓީމަށް ގެނައީ ކުރީގެ ކޯޗު ރަޔަން ގިގްސްއެވެ. ނަމަވެސް ގިގްސްގެ އެހީތެރިއަކަށް ހުއްޓައި އަމިއްލަ ޒާތީ މައްސަލަތަކެއް ކޯޓުގައި ހިނގާތީވެ ގިގްސްއަށް ކޯޗުކަމާ ވަގުތީ ގޮތުންދުރަށް ދާން މަޖުބޫރުވިއެވެ. މިހެންވެ އެންމެ ފަހުގެ ޔޫރޯގައި ޓީމަށް ކޯޗުކޮށްދިނީ ވެސް ވަގުތީ ކޯޗެއްގެ ގޮތުން އޭނާ އެވެ. ނަމަވެސް ކޯޓުގައި ހިނގަމުންދިޔަ ގިގްސް ޒާތީ މައްސަތަކާ ގުޅިގެން އޭނާ \އަށް ދެން އެނބުރި ނާދެވޭނެ ކަމަށް ބަލައި ޕޭޖަށް ވަނީ ގައުމީ ޓީމު ހަވާލުކޮށްފައެވެ. އޭނާގެ ކޯޗުކަމުގައި މިހާތަނަށް ކުޅުނު 28 މެޗުގެ ތެރެއިން 10 މެޗު ކާމިޔާބުކޮށް ނުވަ މެޗަކުން ވަނީ ބަލިވެފަ އެވެ.

މެޗުތައް
Nov, 22 2022 00:00
އަހުމަދުބިން އަލީ ސްޓޭޑިއަމް
Nov, 25 2022 15:00
އަހުމަދުބިން އަލީ ސްޓޭޑިއަމް
Nov, 30 2022 00:00
އަހުމަދުބިން އަލީ ސްޓޭޑިއަމް